ރައީސް ސޯލިހު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅު، ތޮއްޑޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް، އއ، ތޮއްޑު އަށް ވަޑައިގެން ސަރުކާރުން ހިންގާ މަޝްރޫޢުތައް ބައްލަވާލައްވައި މުވައްސަސާތަކާ ބައްދަލުކުރައްވައިފިއެވެ. ތޮއްޑޫއަކީ ރައީސް ޞާލިޙް އަރިއަތޮ...

20 Oct 2021 | 06:52

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް، އއ، ތޮއްޑު އަށް ވަޑައިގެން ސަރުކާރުން ހިންގާ މަޝްރޫޢުތައް ބައްލަވާލައްވައި މުވައްސަސާތަކާ ބައްދަލުކުރައްވައިފިއެވެ.

ތޮއްޑޫއަކީ ރައީސް ޞާލިޙް އަރިއަތޮޅު އުތުރުބުރީގެ 6 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ވަޑައިގެން ފުރަތަމަ މަންޒިލެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ޒިޔާރަތްކުރައްވަން ހަމަޖެހިފައިވަނީ އއ.ތޮއްޑުއަށާއި، ރަސްދުއަށާއި އުކުޅަހަށާއި މަތިވެރިއަށާއި ބޮޑުފޮޅުދޫ އަދި ހިމެންދުއަށެވެ.

މިރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަކިވަކި ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލް ހުޅުއްވައިދެއްވުމަށާއި، އެރަށުގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށާއި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމަށާއި، ހިމެންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށާއި، އެރަށުގައި ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމް ހުޅުއްވައިދެއްވުމަށް ހަމަޖެހިފައެވެ.

އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް