ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި އެމަނިކުފާނު އެ އަތޮޅުގެ ހަ ރަށަކަސް ވަޑައިގެންނަވާނެ އެވެ. އެއީ އއ. ތޮއްޑޫ، ރަސްދޫ، އުކުޅަސް އަދި މަތިވެރީގެ އިތުރުން ބޮޑުފޮޅުދޫ އާއި ހިމަންދޫއެވެ.
މިރަށްތަކަށް ކުރައްވާ ޒިޔާރަތުގައި އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ވިޔަފާރިވެރިންނާއި، ދަނޑުވެރިން އަދި ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިތުރުން ބައެއް ރަށްރަށުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލެއްވުމަށާއި، ސަރުކާރުން ހިންގާ ބައެއް މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައއީސް އޮފީހުން މައުލޫމާތުދެ އެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ދަތުރުފުޅުގައި ތޮއްޑޫ ސްކޫލްގެ 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލް ހުޅުއްވައިދެއްވުމަށާއި، ބޮޑުފޮޅުދޫ މިސްކިތް ހުޅުއްވައިދެއްވުމަށާއި، ހިމަންދޫގެ ބަނދަރު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައެވެ.
އެމަނިކުފާނުގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް