ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަޑުކޯން 35، ހޮނިހިރު ދުވަހު އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ރޮށި ދަމާ ދަނޑިގަނޑުން އަސްލު ކުރާ ބޭނުމަކާއި ބެހޭ ގޮތުން އާންމުންނާ ސުވާލުކޮށްފިއެވެ.
ދިޕިކާ ވަނީ ރޮށި ދަމާ ދަނޑިގަނޑުގެ ފޮޓޯ އެއް ޙިއްޞާކޮށް ފިރިމީހާ ބޮލީވުޑޮގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންހް 36، ޓެގްކޮށް އޭގެ ތިރީގައި ހަތަރު އިޙްތިޔާރީ ޖަވާބު ދީފައެވެ. އެގޮތުން ރޮށި ދަމާ ދަނޑިގަނޑުގެ ބޭނުމާއި ގުޅެގޮތުން ދިޕިކާ ދިފައިވާ ފުރަތަމަ އިޙްތިޔާރީ ޖަވާބަކީ ރޮށި ދެމުން، ދެވަނަ އަށް ބުނެފައިވަނީ ބިސް ކައްކަން، ތިންވަނަ އަށް ބުނެފައިވަނީ ފިރިމީހާ ގެއަށް އައުން ލަސްވެއްޖެނަމަ އޭނާގެ ގައިގަ ތަޅައިގަންނަން، އަދި ހަތަރު ވަނަ އިހްތިޔާރީ ޖަވާބަކީ ކްރިކެޓް ބެޓެއްގެ ގޮތުގައި ރޮށި ދަމާ ދަނޑިގަނޑު ބޭނުން ކުރުމެވެ.
މި ޕޯސްޓާ ގުޅެގޮތުން ރަންވީރު ބުނެފައި ވަނީ އޭނާ އިޚްތިޔާރު ކުރާނީ ދިޕިކާގެ އަތުން ރޮށިދަމާ ދަނޑިގަނޑުން ތަޅައިގަތުމުން ސަލާމަތް ވުން ކަމުގައި ބުނެފައިވެއެވެ.
ދީޕިކާ އޭނާގެ އިންސްޓަގްރާމްގައި އާންމުންނާ މި ސުވާލު ކުރިމަތި ކޮށްފައިވާ އިރު ރަންވީރު، އަށް ވަނީ ޓީވީ ޝޯއެއްގެ ކުއިޒެއް ހުށަހެޅުމުގެ ފުރުސަތު ލިބިފައެވެ. އެހެންކަމުން މިފަހަރު ދީޕިކާ މިވަނީ މީހަކު ކުއިޒެއް ހުށަހަޅާނޭ ގޮތަކަށް އާންމުންނަ ސުވާލުތައް އަމާޒު ކޮށްފައެވެ.
ދީޕިކާ އާއި ރަންވީރުގެ ކައިވެނި ކުރެވުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އިޓަލީގެ ލޭކް ކޮމޯގައި ހަމައެކަނި އާއިލާ އާއި ރައްޓެހިންގެ ހާޒިރުގައި ބޭއްވުނު ހަފްލާއެއްގައެވެ.
އަދި އެމީހުންގެ ކައިވެނި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ތަފާތު ދެ ރަސްމިއްޔާތެއް ބާއްވާފައި ވެއެވެ.
މީގެ އިތުރުން ދީޕިކާ އާއި ރަންވީރު އަކީ އިންސްޓަގްރާމުގައި ދެމަފިރިންގެ ކެއްކުމުގެ ހުނަރާއި ލޯބި ފޭނުންނާއި ޙިއްސާ ކުރަމުން އަންނަ ބޮލީވުޑްގެ ދެ ފަންނާނުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް