ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ގުރޫޕް ބީގެ އެއްވަނާގައި ފަސް ޕޮއިންޓުގެ ލީޑެއް ލިވަޕޫލުން ނަގައިފިއެވެ.
ގްރޫޕް ބީގައި ހިމެނޭ ލިވަޕޫލް ރޭ އެތްލެޓކޯ އާއި ވާދަކޮށް މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.
އެތްލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި ފޯރިގަދަ މެޗުގެ ފުރަތަމަ 13 މިނެޓުގެ ތެރޭގައި ލިވަޕޫލުން ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ސަލާހު ލިވަޕޫލުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގައިދިން އިރު، މެޗުގެ 13 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ނަބީ ކެއިޓާ ވަނީ ލިވަޕޫލުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ރޭގެ މެޗުގައި ސަލާހް ކާމިޔާބު ކުރި ލަނޑާއި އެކު އޭނާ ވެގެން ގޮސްފައިވަނީ ލިވަޕޫލުގެ ތާރީޚުގައި ޖެހިޖެހިގެން ނުވަ މެޗުގައި އެ ޓީމަށް ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެތްލެޓިކޯއިން އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަސަގު ކުޑަކުރިިއިރު، މި ލަނޑު އެތްލެޓިކޯއަށް ކާމިޔާބު ކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. މި ލަނޑަށް ފަހު މާ ގިނައިރުތަކެއް ނުވަނީސް ގްރީޒްމަން ވަނީ އެތްލެޓިކޯގެ ދަވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. ދެ ޓީމުންވެސް އެއްވަރެއްގައި އޮބެ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ފަހު ހާފަށް ކުޅެން ނިކުމެ އެތްލެޓިކޯއަށް އިތުރު މައްސަލަތައް ކުރިމަތިވީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ގްރީޒްމަނަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ ގްރީޒްމަނަށް ސިދާ ރަތް ކާޑު ދެއްކީ ލިވަޕޫލުގެ ފިރްމީނޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.
އެއާއެކު އެއް ކުޅުންތެރިއަކު މަދުކޮށް އެތުލެޓިކޯއިން ކުޅެމުން ދިޔައިރު، މި މެޗުގައި ލިވަޕޫލުން މޮޅުވި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ސަލާހުހެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ޑިއޯގޯ ޖޮޓާއަށް އެތުލެޓިކޯގެ މާރިއޯ ހާމޯސޯ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި މެޗުން ލިވަޕޫލް މޮޅުވިއިރު، މި ގްރޫޕްގައި ހިމެނޭ ޕޯޓޯއިން ވަނީ އަމިއްލަ ދަނޑުގައި ކުޅެ 1-0 ގެ ނަތީޖާއަކުން އިޓަލީގެ އޭސީ މިލާން ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ލިވަޕޫލް އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެތުލެޓިކޯ އާއި ތިންވަނައިގައި އޮތް ޕޯޓީއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރ÷ިގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ މިލާންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް