ރާއްޖެއިން ކޯވިޑް-19 އަށް އިތުރު 39 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވީ މާލެއިން 38 މީހުންނާއި އަތޮޅުތެރެއިން އެކަކެވެ. ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ހަ ބިދޭސީންނެވެ.
މިއަދު 1،368 ސާމްޕަލް ޓެސްޓުކޮށްފައިވެ އެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 993 މީހުންނަށެވެ. އޭގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިތްކޮށްގެން ފަރުވާދެމުން ދަނީ45 މީހުންނަށެވެ.
މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 10،234 މީހުންނެވެ.
އަތޮޅު ތެރޭގެ 21 ރަރެއްގައި ކޯވިޑަށް ޕޮސިޓިވް 76 މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 72 ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.
މީގެ އިތުރުން ޓޫރިސްޓު ރިސޯޓުތަކުގެ ތެރެއިން 18 ރިސޯޓެއްގައި ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 26 މުވައްޒަފުންނާއި 15 ޓޫރިސްޓުންނެވެ.
މިއަދު ހަވީރު 6:00 ގެ ނިޔަލަށް ރާއްޖެއިން ކޯވިޑް-19 އަށް 11،271 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 37 މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް