ދިރާގު ޓީވީގެ ހުރިހާ ޗެނަލްތަކެއް އެންމެ 450 ރުފިޔާ އަށް!

ދިރާގުން އެ ކުންފުނިން ކުރިއަށް ގެންދާ ދިރާގު ޓީވީގެ ޕްރޮމޯޝަން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ. އެގޮތުން މިހާރު ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އެންމެ 450 ރުފިޔާ އަށް ލ...

20 Oct 2020 | 07:52

ދިރާގުން އެ ކުންފުނިން ކުރިއަށް ގެންދާ ދިރާގު ޓީވީގެ ޕްރޮމޯޝަން 31 ޑިސެމްބަރ 2020 ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

އެގޮތުން މިހާރު ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް އެންމެ 450 ރުފިޔާ އަށް ލިބިގެންދާނެއެވެ.

އެހެންކަމުން މިއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާ، ޑްރާމާ ތަކާއި، މުނިފޫހިފިލުވުމުގެ އެކި އެކި ޕްރޮގުރާމްތައް 100 އަށްވުރެ ގިނަ ޗެނަލުން ހެޔޮ އަގެއްގައި ބަލާލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.

ދިރާގު ޓީވީގައި މިހާރު ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތައް ކަމަށްވާ ސްޓާރ ގެ ޗެނަލްތަކާއި މުޅިން އާ ޒީ ގެ ޗެނަލްތައްވެސް ލިބޭނެއެވެ.

100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ޚިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި  ދިރާގުން ވަނީ ރާއްޖޭގެ %73  ގޭބިސީއަށް މިހާރު ދިރާގު ޓީވީގެ ޚިދުމަތް ފޯރުކޮށްދީފައިއެވެ.

އޭގެ ތެރޭގައި  53 ރަށް ހިމެނޭ އިރު، ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ދިރާގު ޓީވީ ފޯރުކޮށްދީފައިއެވެ.

ދިރާގުން މަސައްކަތް ކުރަމުން ދަނީ ދިރާގު ޓީވީ އިން ހަބަރާއި މުނިފުހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމަޔަށް ފަސޭހަ ކަމާއި އަދި އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް