ޝަރީއަތް ނިމެންދެން ބަންދުކުރާ އަމުރުތައް ރިވިއު ކުރަން ޕީޖީއަށް އޭޖީ އަންގައިފި

ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތައް ކޮންމެ 30 ދުވަހަކުން ރިވިއު ކުރާ ގޮތަށް އުސޫލު ބަދަލުކޮށް، އެކަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަސް އަންގަވައިފިއެވ...

20 Oct 2019 | 15:12

ޝަރީއަތް ނިމެންދެން ބަންދު ކުރާ ކުރުންތައް ކޮންމެ 30 ދުވަހަކުން ރިވިއު ކުރާ ގޮތަށް އުސޫލު ބަދަލުކޮށް، އެކަން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަސް އަންގަވައިފިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުން މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކަށް ދައުވާ އުފުލުމަށްފަހު މައްސަލައިގެ ޝަރީއަތް ނިމެންދެން އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދުމުގެ ބާރު ޕީޖީއަށް ވަނީ ލިބިދީފައެވެ. މިގޮތަށް "ވާނުވާ" ޖަހާފައި ތިބޭ މީހުންގެ މައްސަލަތައް އެތައް އަހަރެއް ވެގެންދާއިރުވެސް ކުރިއަށް ނުދާތީ، މިއީ ގިނަބައެއް ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެކެވެ.

މިއަދު އޭޖީ އިސްލާހު ކުރައްވާފައިވަނީ ގާނޫނު އަސާސީއިން އެޓާނީ ޖެނަރަލަށް ލިބި ވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ކަނޑައަޅާާފައިވާ ޖިނާއީ މައްސަލަތަކުގައި އަމަލު ކުރާނެ މައިގަނޑު ސިޔާސަތު ތަކުގެ މާއްދާއެކެވެ.

އެގޮތުން އެ ސިޔާސަތަށް އާ މާއްދާއެއް އިތުރުކޮށް ބުނެފައި ވަނީ ޝަރީއަތް ނިމެންދެން މީހަކު ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރަކު ކުރައްވާފައިވާ އަމުރު 30 ދުވަހަކުން ޕީޖީ ރިވިއު ކުރަމުން ގެންދަން ޖެހޭނެ ކަމަށެވެ. އަދި ވަކި މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭނެ ހާލަތެއް ނެތް ކަމަށް ފެނިއްޖެނަމަ އެ އަމުރެއް ބާތިލް ކުރަން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މާއްދާގެ ދަށުން ޕީޖީ ކުރައްވާ މަސައްކަތުގެ ތަފުސީލް ބަޔާން ކުރާ ހާއްސަ ރިޕޯޓެއް އެކުލަވާލައި އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް އެ ރިޕޯޓް ހިއްސާ ކުރަމުންދާން ޖެހޭނެ ކަމަށް ވެސް ބަޔާން ކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް