މާލެ ގެސްޓު ހައުސެއްގެ ތެރޭގައި މަރުވެފައި އޮތް އަންހެނަކު ފެނިއްޖެ

މާލޭގެ ގެސްޓް ހައުސްއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ 41 އަހަރުގެ އަންހެނެއް ކަމަށެވެ. އޭނާ ފެނިފައިވަނީ މައްޗަންގޯ...

20 Oct 2019 | 12:42

މާލޭގެ ގެސްޓް ހައުސްއެއްގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މަރުވެފައި އޮއްވާ ފެނިފައިވަނީ 41 އަހަރުގެ އަންހެނެއް ކަމަށެވެ.

އޭނާ ފެނިފައިވަނީ މައްޗަންގޯޅި ސަހަރާކައިރީ ހުންނަ ގެސްޓް ހައުސްއެއްގެ ރޫމެއްގެ ތެރެއިން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އެތަނުގައި އެ އަންހެން މީހާ އުޅުނީ އާއިލާގެ އެހެން ބަޔަކާއެކު ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިއަދު މެންދުރު 15:00 ގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް