އެމްޑީއެންގެ ރިޕޯޓާއި ގުޅުންހުރި މީހަކު ހޯދަން އިއުލާނުކޮށްފި

މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސްބުނެ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު މީހުންގެ ތެރެއިން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކ...

20 Oct 2019 | 10:45

މާތްވެގެންވާ އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބަދުބަސްބުނެ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓު ލިޔުނު މީހުންގެ ތެރެއިން މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދަަމުން އަންނަނީ ހ. ސެލްވޭޝަން، 47 އަހަރުގެ ފާތިމަތު އަޒްރާ ނަސީމް ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ބުނީ އަޒްރާ ހޯދަން އިއުލާނުކުރީ އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޗިޓު ފޮނުވަން މަސައްކަތްކޮށް އެކަން ކުރެވިފައި ނުވާތީއާ އޭނާ އުޅޭ ތަނެއް އާއިލާއަށްވެސް އެނގިފައި ނުވާތީ ކަމަށެވެ.

އޭނާ ހޯދަމުން އަންނަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން “ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ނަމުގައި ޝާއިޢުކުރި ރިޕޯރޓްގައި ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމްދީނާއި ހިލާފު ވާހަކަދައްކާ، ޢާއްމުންގެ މެދުގައި ދީނީގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަތައް ދައްކާފައިވާ މައްސަލައިގައި އަޒްރާގެ ބައިވެރިވުމެއް ވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި ގުޅިގެން ތަހުގީގަށްށް ސުވާލުކުރުމަަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހަށް ހާޒިރުވާން އަޒްރާ އަށް އަންގާފައިވަނީ އަންނަ މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 13:00 އަށެވެ.

އިއްޔެ ފުލުހުން ބުނީ އެމްޑީއެންގެ މައްސަލާގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް ފަރާތްތަކަށް ޗިޓު ހަވާލު ކޮށްފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް