ހއ. އިން ބ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އޭލާޓް ނެރެފި އެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެ ...

20 Oct 2019 | 09:29

ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ވައިޓް އޭލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އެގޮތުން ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓުން މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު 13:30 އިން 17:30 އަށެވެ.

މެޓުން ހާމަކޮށްފައިވާ ގޮތުގައި، ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައެވެ. އެހެން ހިސާބު ތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެން ކަމުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް