މާދަމާގެ ޖަލްސާގައި އިންފޮމޭޝަން ކޮމިޝަނަރު މަގާމަށް ބޭފުޅަކު އައްޔަން ކުރަނީ

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ހަތަރު ބޭފުޅަކާއި އިންޓަވިއު ކ...

20 Oct 2019 | 08:38

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ހަތަރު ބޭފުޅަކާއި އިންޓަވިއު ކުރެއްވުމަށްފަހު ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވިއެވެ. މާދަމާ އެ ކޮމެޓީން ކުރިއަށް ގެންދިޔަ މަސައްކަތުގެ ކޮމެޓީ ރިޕޯޓު ހުށަހެޅުން އޮންނާނެއެވެ. އަދި އެއަށްފަހު ވޯޓަށް އަހާނެއެވެ. ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވީ ހުސެއިން ފިޔާޒް މޫސާއާ

އަހުމަދު ފަޔާޒް ހަސަންގެ އިތުރުން އަހުމަދު އާހިދު ރަޝީދުގެ ނަމެވެ.

މި ތިން ބޭފުޅުންނަށް ވެސް ވަކިވަކިން ވޯޓަށް އަހާނެއެވެ. އަދި އިންފޮމޭޝަން ކޮމިޝަނަރު ކަނޑައަޅާނީ ތިން ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބިގެންދާ ބޭފުޅަކަށެވެ.

އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރަން ގާނޫނުގައި ބުނާ މުއްދަތު ހަމަވެ، އެ މުއައްސަސާ މިހާރު ވަނީ ގާނޫނީ ހުސްކަމެއްގެ ތެރޭގަ އެވެ. ގާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި މީހަކު އައްޔަން ކުރަންވާނެ އެވެ. އެ މަގާމުގައި އެންމެ ފަހުން ހުންނެވީ އަބްދުލް އަޒީޒް ޖަމާލް އަބޫބަކުރުގެ މުއްދަތު ހަމަވީ ޖުލައި 22 ގަ އެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ މީގެ ފަސް އަހަރު ކުރިން ފާސްކުރި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަގާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް