ތޫނު އެއްޗަކުން ހަމަލާ ދީ ފޭރެން އުޅެފި

ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ބިދޭސީއެއްގެ އަތުން ފޭރެން އުޅެފި އެވެ. ފުލުހުން ވިދާޅުވީ، މާފަންނު ޝަހީދު އަލީ ހިނގުމުގައި މިއަދު 12:02 ހާއިރު ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ފޭރެން އުޅުނު މ...

20 Oct 2019 | 08:08

ތޫނު އެއްޗަކުން ހަމަލާދިނުމަށްފަހު ބިދޭސީއެއްގެ އަތުން ފޭރެން އުޅެފި އެވެ.

ފުލުހުން ވިދާޅުވީ، މާފަންނު ޝަހީދު އަލީ ހިނގުމުގައި މިއަދު 12:02 ހާއިރު ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ފޭރެން އުޅުނު މައްސަލަ އެއް ހުށަހަޅާފައިވާ ކަމަށެވެ.

މޫނު ފޮރުވައިގެން ތިބި ހަތަރު މީހުންގެ ގުރޫޕަކުން ބިދޭސީ މީހާ އަތުން ފޭރެން އުޅުމުގެ ތެރޭގައި އެމީހާ އަށް ވަނީ އަނިޔާވެފައެވެ. އެގޮތުން އެމީހާގެ ކަނާއަތު ކުޑަވައި އިނގިއްޔާއި ބުރަކަށި ޒަހަމްވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މަންޒަރު ދުށް މީހަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ، އެ މީހާގެ އަތުން ފޭރެން އުޅެ، އެކަން ކާމިޔާބު ވެފައި ނުވާކަމަށެވެ. އަދި އަވަހަށް ފިލަން ދުއްވައިގަތީ އެމީހުން އައި ސައިކަލުތައް ވެސް ބަހައްޓާފައެވެ.

ފުލުހުން މިހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ. މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް