އައިޖީއެމް ހޮސްޕިޓަލުން ކުރި އޮޕަރޭޝަނެއްގައި ހަ އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގައިފިއެވެ.
އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެ ހޮސްޕިޓަލުގެ ފުއްޕާމެޔާއި ނޭވާލާ ނިޒާމާ ބެހޭ ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ކުރި އޮޕަރޭޝަނެއްގައި ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ކޮޅެއް ނަގާފައިވާ ކަމަށެވެ.
އެ ކާމިޔާބު އޮޕަރޭޝަނަށް ފަހު އެކުއްޖާގެ ހާލު ރަގަޅުވަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
https://twitter.com/igmhmv/status/1185756936072921088
އެކުއްޖާއާ ގުޅޭ އިތުރު މައުލޫމާތު އެ ހޮސްޕިޓަލުން ހާމަކޮށްފައިނުވާއިރު، މީގެ ކުރިންވެސް މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގާއި އެބަހުއްޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް