ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ ފެން ބިލްޑިންގަށް

މަތީ ތައުލީމާއި ބެހޭ މިނިސްޓްރީ ހިންގާ އިމާރާތް ފެން ބިލްޑިންގަށް ބަދަލުކޮށްފި އެވެ. އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީގެ އިމާރާތް އަމީނީ މަގުގައި ހުންނަ...

20 Oct 2019 | 05:17

މަތީ ތައުލީމާއި ބެހޭ މިނިސްޓްރީ ހިންގާ އިމާރާތް ފެން ބިލްޑިންގަށް ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ މިނިސްޓްރީގެ އިމާރާތް އަމީނީ މަގުގައި ހުންނަ ފެން ބިލްޑިންގެ ދެވަނަ ފަންގިފިލާ އަށް ބަދަލުކުރެވިފައިވާ ކަމުގައެވެ.

މީގެ އިތުރުން އެ މިނިސްޓްރީ އާއި ގުޅޭ ފޯނު ނަންބަރު ވެސް ވަނީ މިއާއި އެކީ ބަދަލުކުރެވިގެން ގޮސްފައެވެ. އެގޮތުން މިއަދުން ފެށިގެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅޭނީ 3026955 ނަމްބަރާއި 3026966 ނަމްބަރުންނެވެ. މިނިސްޓްރީގެ ހޮޓްލައިންގެ ގޮތުގައި ހަމަޖައްސާފައި ވަނީ 7311474 ނަންބަރެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފެއްދެވި މިނިސްޓްރީއެކެވެ. މީގެ ކުރިން އެ މިނިސްޓްރީ ހިންގަމުން ދިޔައީ ވެލާނާ އޮފީސް ބިލްޑިންގްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް