ބޮލީވުޑުން ފެންނަ އެންމެ ރީތި ހިނިތުންވުމުގެ ވެރިޔާ ކާތިކް އާރްޔަން ޕަޕަރާޒީންނަށް ހިނިތުންނުވުމުން ގިނަ ބަޔަކު ސުވާލު އުފައްދައިފި އެވެ.
ކާތިކް އަކީ އަބަދުވެސް ޕަޕަރާޒީންގެ ކުރިމަތީގައި ހިނިތުންވުމާއި އެކު ފޮޓޯ އަށް ހުއްޓޭ އެކްޓަރެކެވެ. އޭނާ އަކީ އަބަދުވެސް ޕަޕަރާޒީންނާއި ވަރަށް އެކުވެރި މީހެކެވެ.
ސާރާ އަލީ ޚާން އާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދާދި ފަހުން ދެތަރިން ވަނީ ވަކިވެފައެވެ. އިއްޔެ ކާތިކް މަގުމަތިން ފެނިގެން ޕަޕަރާޒީން ވަނީ ފޮޓޯ ނަގާފައެވެ. ނަމަވެސް އޭނާ ވަނީ އެކަން ނުފެންނަ ކަމަށް ހަދާފައެވެ. މޫނުމަތިން ފެންނަނީ ހިތާމަވެރި ކުލަވަރެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި، އޭނާ ޕަޕަރާޒީން ނުފެންނަ ކަމަށް ހެދީ ބްރޭކްއަޕްގެ ސަބަބުންނެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު އެހާ ބަނަކޮށް ފެންނަމުން ދިޔައީ އެހެންވެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސާރާ އާއި ކާތިކްގެ ގުޅުން މާ ދިގުލައިގެން ނުދިޔަ ނަމަވެސް، އެމީހުން ދެމިތެބޭނީ ރާއްޓެހިންގެ ގޮތުގައި ކަމަށް ސާރާ ވަނީ ބުނެފައެވެ. އެމީހުން ވަކިވީ "ޕްރޮފެޝަނަލް" ސަބަބުތަކަކާއި ހުރެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދެ ތަރިން މިހާރު ވެސް ދަނީ އެމީހުން އެކީގައި ފެނިގެންދާނެ "އާޖް ކަލް" ފިލްމުގެ ޕްރޮމޯޝަންގެ މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް