އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ފުރަތަމަ ލޭޔަރ ތާރު އެޅުން ނިންމާލައިފި

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތުގައި ފުރަތަމަ ލޭޔަރު ތާރުއެޅުން ނިންމާލައިފިއެވެ. އެ މަގުގެ ހަލާކުވެފައިވާ ތާރުގަނޑު ނަގައި އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔ...

20 Sep 2026 | 04:40
އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ ފުރަތަމަ ލޭޔަރ ތާރު އަޅާފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ ފުރަތަމަ ލޭޔަރ ތާރު އަޅާފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމުގެ މަސައްކަތުގައި ފުރަތަމަ ލޭޔަރު ތާރުއެޅުން ނިންމާލައިފިއެވެ.

އެ މަގުގެ ހަލާކުވެފައިވާ ތާރުގަނޑު ނަގައި އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހު ކުރީކޮޅެވެ. މިދިޔަ ހަފްތާގައި ތާޜު އެޅުމަށް މަގުގައި ނިންމަން ޖެހޭ ހުރިހާ މަސައްކަތެއް ނިންމައި ފުރަތަމަ ސެގްމެންޓުގެ ތާރު އަޅަން ފެށީ އިއްޔެ ހެނދުނެވެ.

މި ސެގްމަންޓްގައި ތާރުއެޅުން މި ހަފްތާގެ ނިޔަލަށް ނިންމައިލެވޭނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީން ވަނީ ރޭގެ ނިޔަލަށް އެ ސެގްމެންޓުގައި ފުރަތަމަ ލޭޔަރ ތާރު އަޅާ ނިންމާލާފައި އެވެ. ފުރަތަމަ ސެގްމެންޓުގެ ސަރަހައްދަކީ އިއްޒުއްދީން މަގާ ހިސާބުން ދަރުމަވަންތަ ހޮސްޕިޓަލާއި ހިސާބެވެ.

މިހާރު ކުރިއަށްދާ ސަރަހައްދުގެ ތާރުއެޅުން ނިންމައި އާންމުންނަށް ހުޅުވައިލުމަށްފަހު ދެން ފެށުމަށް ތާވަލުކޮށްފައި އޮތީ ސެގްމެންޓް 2 ގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ބައިގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހިސާބަށް އޮތް ސަރަހައްދެވެ.

އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ ފުރަތަމަ ލޭޔަރ ތާރު އަޅާފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ
އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގެ ފުރަތަމަ ލޭޔަރ ތާރު އަޅާފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މުޅި މަޝްރޫއުގެ މަސައްކަތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މީގެ އިތުރުން ބޮޑުތަކުރުފާނު މަގުގައި ކުރިން ތާރުއަޅާފައި ހުރި ތަންތަނުގެ ތެރެއިން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކުރީގެ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދިޔަ މި މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީކޮށް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިންމާފައިވެއެވެ.

ނަމަވެސް ތާރު އެޅުމަށްފަހު ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވައިލުމުން ހާއްސަކޮށް ބަސް ދަތުރުކުރާ ސަރަހައްދުތަކުގައި ތާރުގަނޑު އަވަހަށް ހަލާކުވީ ކަމަށް ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް