ބީއެމްއެލް ކޮމިއުނިޓީ ފަންޑް: ނައިފަރު ސްކޫލުގެ ކުދިންނާއި ބެލެނިވެރިންނަށް، ހާއްސަ ހަދިޔާއިން އުފާވެރިކަން

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ޅ.ނައިފަރު ...

20 Sep 2019 | 11:54

ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ތައާރަފް ކުރި  'އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ޅ.ނައިފަރު ސްކޫލު ގޯތި ތެރޭ ހިޔާ ކޮށްފައިވާ ސަރަހައްދެއް ގާއިމް ކޮށްފިއެވެ.

މި ސަރަހައްދު ވަނީ ސްކޫލު ކުދިންނާއި ބެލެނިވެރިން މިއަދު ބޭނުންކުރަން ފަށާފައެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

"ކޮމިއުނިޓީ ފަންޑަކީ ވަރަށް ގިނަ ފަރާތަކެއްގެ ހުވަފެން ހަގީގަތަކަށް ހަދައިދިން ޕްރޮޖެކްޓް އެއް. މިއާއެކު ވަރަށް ގިނަ ބައެއްގެ ތަރުހީބުވެސް ލިބެމުން އަންނަ ޕްރޮޖެކްޓް އެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަން ބޭނުންވާ މިފަދަ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް އިތުރު ކުރުން." ބީއެމްއެލްގެ  މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

"މި ޕްރޮޖެކްޓް ގެ ސަބަބުން މިރަށުގެ ސްކޫލު ކުދިންނާއި ބެލެނިވެރިންނަށް ލިބިގެން މި ދިޔައީ ވަރަށް ވެސް ފުރިހަމަ ހަދިޔާއެއް. ގަދަ ހޫނުގައި  މިހާރު ބެލެނިވެރިން މަޑުކުރަން ޖެހޭ ކަމަށް ނިމުމެއް އައުމީ އަޅުގަނޑު ދެކެމުން އައި ހުވަފެނެއް"  ނައިފަރު ޕްރޮޕޯސަލް ކާމިޔާބު ކުރި ނައިފަރު ޖުވެނައިލްގެ ފަރާތުން ވިދާޅުވިއެވެ.

2018  ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްވެސް ކުރިޔަށް ގެންގޮސްފައެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް