އިސްލާމީ މަރުކަޒުގެ ވާތްފަޅި މަރާމާތަށް ބަންދު، ޖަލްސާ ކުރާ މާލަމުގައި ހުކުރު ކުރެވޭނެ

އިސްލާމީ މަރުކަޒުގެ ވާތްފަޅީގައި މަރާމާތު މަސައްކަތެއް ކުރިއަށްދާތީ އެފަރާތް ބަންދުކޮށްފައިވާކަމަށާއި، ހުކުރު ކުރުމުގެ އިންތިޒާމް ޖަލްސާ ކުރާ މާލަމުގައި ހަމަޖައްސާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ...

20 Sep 2019 | 06:17

އިސްލާމީ މަރުކަޒުގެ ވާތްފަޅީގައި މަރާމާތު މަސައްކަތެއް ކުރިއަށްދާތީ އެފަރާތް ބަންދުކޮށްފައިވާކަމަށާއި، ހުކުރު ކުރުމުގެ އިންތިޒާމް ޖަލްސާ ކުރާ މާލަމުގައި ހަމަޖައްސާފައިވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ އެ މިނިސްޓްރީން ރޭ، ކޮށްފައިވާ ޓްވީޓެއްގައެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ބުނެފައިވާގޮތުގައި އިސްލާމީ މަރުކަޒުގެ ވަސީލަތްތައް އާކޮށް، މަރާމާތުކުރުމުގެ މަސައްކަތް ކުރަނީ ސަޢޫދީއަރަބިއްޔާގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން ފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުންނެވެ.

"އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ މި މަޝްރޫޢުގެދަށުން މިސްކިތުގެ ސައުންޑް ސިސްޓަމާއި، ހުރިހާ ބޮކިތަކާއި ފަންކާތައް މިހާރު ބަދަލުކޮށް ނިމިފައިވާކަމަށެވެ. އަދި މިސްކިތުގެ އެތެރޭގައި އެއްކޮށް ކުލަލުމާއި، ލަކުޑީގެ ބައިތައް ސާފުކޮށް އަލުން ވަރނިޝް ކުރުމުގެ މަސައްކަތް ކުރަމުންދާކަމެވެ." ދައުލަތުގެ މީޑިއާގައި ރިޕޯޓްކޮށްފައިވެއެވެ.

https://twitter.com/MVIaffairs/status/1174741746539843584

އިތުރަށް ބުނެފައިވަނީ މި މަޝްރޫޢުގެ އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި ކުރުމަށް ހަމަޖެހިފައިވަނީ މިސްކިތުގެ ޓިނު ބަދަލުކުރުމާއި، މިސްކިތުގެ ގުއްބާއި ކާޕެޓުތައް ބަދަލުކުރުމުގެ މަސައްކަތްކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވާކަމަށާއި މީގެއިތުރުން މިސްކިތުގައި ބޮޑު ދެ ފަންކާ ހަރުކުރުމާއި، މިސްކިތުގެ ހަތަރު ޗާންދަލިއާވެސް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވާކަމަށެވެ. އަދި މި މަސައްކަތް ކުރިނަމަވެސް މިސްކިތުގެ އެއްވެސް ޑިޒައިނަކަށް ބަދަލެއް ނުގެންނާނެ ކަމުގައިވެސް އިސްލާމިކް މިނިސްޓްރީ އާއި ހަވާލާދީ ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް