ޖައިލަމްގެ މަރާއި ގުޅިގެން ބަންދުގައި ތިބި ތިން މީހަކު ދޫކޮށްލައިފި

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރާލި މައްސަލާގައި ޝަރީއަތް ކުރިއަށް ދަނިކޮށް ބަންދުގައި ތިބި ތިން މީހަކު ކުއްލި ގޮތަކަށް ދޫކޮށްލައިފިއ...

20 Sep 2018 | 11:20

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސްގޭ ޖައިލަމް އަހުމަދު ޝާކިރުގެ މަރާލި މައްސަލާގައި ޝަރީއަތް ކުރިއަށް ދަނިކޮށް ބަންދުގައި ތިބި ތިން މީހަކު ކުއްލި ގޮތަކަށް ދޫކޮށްލައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ މައްސަލައިގާ ބަންދުގައި ތިބި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނީ މިއަދު އެވެ.

ދެކޮޅަށް ހެކިބަސް ނަގާވެސް ނިމިފައިވާ މި ތިން މީހުން ދޫކޮށްލާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދެވެ.

ޖައިލަމް މަރުވެފައިވަނީ، 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ. ޖައިލަމް މަރުވީ އޭނާގެ ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދިނުމުގެ ސަބަބުންނެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް