ރިޔާސީ އިންތިހާބުގެ ވޯޓާއި ގުޅިގެން އަންނަ ހޯމަ ދުވަހު ސްކޫލްތަކުގައި ކިޔަވައި ނުދޭން ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވީ އެދުވަހު ސްކޫލްތައް ބަންދު ނަމަވެސް ސަރުކާރު އޮފީސްތައް ބަންދު ނުވާނެ ކަމަށެވެ. ސްކޫލްތައް ބަންދު ކުރަން ނިންމީ ގިނަ ސްކޫލްތަކެއްގައި ވޯޓު ފޮށީ ބަހައްޓާތީ އެވެ.
އަދި ހަމައެކަނި ސްކޫލްތައް ބަންދު ކުރަން ނިންމީ ވޯޓު ގުނުމުގެ މަރުހަލާ ދިގުލައި ހިނގައިދާނެތީ ކަމަށް މުއާޒު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކޮންމެ އިންތިހާބެއްގައިވެސް ގިނަ ވޯޓު ފޮށިތައް ބަހައްޓަނީ ގިނައިން ސްކޫލްތަކުގައި އެވެ. އަދި އާންމުކޮށް އިންތިހާބު ބާއްވާ ދުވަސް ނޫން އަނެއް ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަ އެވެ.
އެކަމަކު މިފަހަރު އިންތިހާބު ބާއްވާ ދުވަސް އާދިއްތަ ދުވަހަށް ހަމަޖެއްސުމުން އިތުރު ދުވަހެއް ބަންދު ކުރަން ޖެހޭތީ ގިނަ ބަޔަކު ފާޑު ކިޔެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް