މިއަދު ކުރިޔަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ މިއަދު ހެނދުނު 10:00 ން މާދަމާ ހެނދުނު 10:00 އަށް ރާއްޖޭގެ އުތުރާއި ދެކުނުގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ބައެއް ރަށްރަށަށް ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ ހުޅަނގުދެނުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާ 16 މޭލު ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ބުނެ އެވެ.
މެޓް އޮފީހުން ބުނީ ހުރިހާ ހިސާބަކަށްވެސް ކަނޑު ގަދަވާނެ ކަމަށެވެ.
މިހާރު ކުރަމުން ދާ ވިއްސާރައިގަ ދެކުނުގެ ބައެއް ރަށްތަކަށް ދަނީ ގެއްލުންތައް ކުރިމަތިވަމުންނެވެ. އެގޮތުން ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ބައެއް ގޭގެއަށް ފެންވަދެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް