ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު ބަތަލާ އަދި ހެދުން އެޅުމުގައި އާންމުންގެ މެދުގައި މަގުބޫލު އާލިއާ ބަޓްގެ ބައެއް ސާމާނު އޮންލައިންކޮށް ވިއްކާލަން ނިންމައިފި އެވެ.
ވިއްކާލަން ނިންމާފައިވާ ތަކެތީގެ ތެރޭގައި އޭނާ އެންމެ ލާހިއްވާ ބައެއް ހެދުންތަކާއި ފައިވާނާ ބޫޓު ހިމެނެ އެވެ. މިތަކެތި އިންޑިއާގެ އިތުރުން ދުނިޔޭގެ ކޮންމެ ގައުމެއްގައި ދިރިއުޅޭ މީހަކަށްވެސް ގަނެވިދާނެ އެވެ.
މިކަން އާލިއާ ކުރަނީ ފައިސާ ހޯދުމުގެ ނިޔަތަކު ނޫނެވެ. އާލިއާ ބުނީ އޭނާގެ އަންނައުނާއި އެއްޗެހި ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ އަންނަ މަހު އިންޑިއާގައި ފާހަގަ ކރުާ ސަގާފި ކަންކަން ފާހަގަ ކުރާ ހަފްތާގެ ކަންކަން އިންތިޒާމް ކުރުމަށެވެ.
މިއީ އާލިއާގެ އަންނައުނު ވިއްކާ ދެވަނަ ފަހަރެވެ. މީގެ ކުރިން މުމްބާއީގައި ބޭއްވި ނައިޓް މާކެޓެއްގައި އޭނާގެ ހެދުންތައް ވިއްކައިގެން ލިބުނު ފައިސާ ހަދިޔާ ކުރީ ކަރްނާޓަކާ ސްޓޭޓްގެ ކިއްކެރީގައި ކަރަންޓާއި ނުލާ ދިރިއުޅޭ މީހުންނަށް އަވިން ހަކަތަ އުފައްދައިގެން ކަރަންު ފޯރުކޮށްދިނުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް