ދަރިފުޅު މާބޮޑަށް ފަލަވަނީތަ؟ ހައްލު ކުރަން މި އެއްޗިހި ކާންދީ!

ކުދިން އުމުރާ ނުބައްދަލު ވާވަރަށް ފަލަވުމަކީ މިހާރަކަށް އައިސް އާންމު ކަމެކެވެ. އަދި ބެލެނިވެރިންނާއި އެކުންދިންވެސް އެކަމާ ހާސްވެ ވިސްނާ ކަމެކެވެ. އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޖާނަލް ސްޕޯޓްސް މެ...

20 Sep 2018 | 03:24

ކުދިން އުމުރާ ނުބައްދަލު ވާވަރަށް ފަލަވުމަކީ މިހާރަކަށް އައިސް އާންމު ކަމެކެވެ. އަދި ބެލެނިވެރިންނާއި އެކުންދިންވެސް އެކަމާ ހާސްވެ ވިސްނާ ކަމެކެވެ.

އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޖާނަލް ސްޕޯޓްސް މެޑިސިން އިން ވަނީ ދާދިފަހުން ދިރާސާއެއް ކޮށްފައި އެވެ. އެ ދިރާސާގައި ބައިވެރިކޮށްފައިވަނީ އުމުރުން އަށް އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނެވެ.

އެ ލިޔުމުގައި ވާގޮތުން އާންމުކޮށް ކުރާ ކަސްރަތުތަކުން ކުޑަކުދިން ފަލަވުމުން ދުރުކޮށްދޭނެ އެވެ. އޭގެ އިތުރުން ގިނައިން ޕްރޮޓީން ހިމެނޭ ކާނާ ކެއުމަކީވެސް ކުޑަކުދިން ފަލަވުން ކޮންޓްރޯލް ވާނެ ކަމެކެވެ.

ދުވާލަކު އެއްބިސް ކެއުމުން ކުދިން ރަނގަޅު ސިއްހަތެއްގައި ހުންނަން މަގުފަހިވެ އެވެ. އެއީ ބިހުގެ ގޮބޮޅިގަނޑާއި ހުދުބައިގަވެސް ވަރަށް ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވިގެންވާތީ އެވެ. އެގޮތުން ހަމައެކަނި ހުދުބައިގަ ވިޓަމިން ބީ12، ބީ6 ގެ އިތުރުން ދަގަނޑުގެ ބައި ހިމެނެ އެވެ.

ޔޯގަޓް އަދި ކިރަކީވެސް ގިނަ އަދަދަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. ޕްރޮޓީންގެ އިތުރުން ކިރާ ޔޯގަޓުގައި، ކެލްސިއަމް އާއި ވިޓަމިން ޑީ އެކުލެވިގެންވެ އެވެ. އެއީ ކުދިންގެ ކަށިތަކާއި ދަތްތައް ބާރުގަދަވާނެ މާއްދާތަކެވެ.

މަހުގެ ބާވަތްތަކަކީ ވެސް ކުދިންނަށް ވަރަށް ފައިދާ ހުރި އެއްޗެކެވެ. ގިނަ އަދަދަކަށް މަހުގައި ޕްރޮޓީން އެކުލެވޭއިރު ފެޓް އެކުލެވެނީ ވަރަށް މަދުންނެވެ. އޭގެ ސަބަބުން ކުދިންގެ ބަރުދަން ފަސޭހައިން ލުއިކޮށްދޭނެ އެވެ. އަދި މަހުގައި އެކުލެވޭ އޮމެގާ 3 ފެޓީ އެސިޑްގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތަކުގެ ހިނގުން އަބަދު އެއް ހަމައެއްގައި ހިފަހައްޓާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް