ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ގެ ހާލަތަކީ ހިޖުރައިގެ އިބުރަތްތަކުން ފިލާވަޅު ލިބިގެންނަން ޖެހޭ ހާލަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރޭ ފެށުނު ހިޖްްރީ އާ އަހަރުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ ކޯވިޑް-19 ގެ ހުރަސްތަައް ގިރާކޮށް އާއްމު ހާލަތަށް ދިއުމަށް ސަކާރުން ކުރާ މަސައްކަތަށް ރައްޔިތުންގެ ބައިވެރިވުން ނުހަނު ބޮޑަށް ބޭނުންވާ ކަމަށެވެ. އެމަނިިކުފާނު ވިދާޅުވި ގޮތުގައި، ހިޖުރައިން ލިބިދޭ މަތިވެރި ފިލާވަޅުތަކާ އެއްގޮތަށް އުޅުންތަކާއި ގުޅުންތައް ބެހެއްޓުމަށް އެދިވަޑައިގެންނަވާ ކަމަށެވެ.
އެގޮތުން އާއިލާގެ އެކަކު އަނެކަކަށް އެހީތެެރިވުމާއި ހިޖްރީ އާ އަހަރާއި ގުޅިގެން ހަނދާނަށް ގެންނަން ވީ މުޖުތަމައުގެ އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުން ފަދަ ކަންކަމަށް ކަމަށް ވިދާޅުވި އެވެ. ކުޑަކުދިންނަށް ކަމޭހިތުމާއި އަންހެނުންނަށް އޯގާތެރިވުން އަދި މުސްކުޅިންނަށް އެހީތެރިވުމަކީ ވެސް ހިޖުރައިން ލިބިދޭ އިރުޝާދާ އެއްގޮތަށް ކަންތައް ކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އުންމަތެއްގެ ގޮތުގައި ނުވަތަ ދައުލަތެއްގެ ގޮތުގައި ދެމިތިބެން ބޭނުންނަމަ، އެ ދައުލަތެއްގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ދެމި އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ރާއްޖެ ތަޖުރިބާކުރަމުން ދަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ތަރައްގީގެ ދުވެލި ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯވިޑް-19 ގެ ހުރަސްތައް ގިރާކޮށް އިގުތިސާދަށް އަވަހަށް ދިރުން ލިބެން ފަށާނީ ޒުވާނުންގެ ދައުރު މިހާރަށް ވުރެ ފުޅާކޮށްގެން ކަމަށް
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް