އިތުރު 145 މީހުން ކޯވިޑަށް ޕޮސިޓިވް ވެއްޖެ

އިތުރު 146 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެ...

20 Aug 2020 | 03:27

އިތުރު 146 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާ ގޮތުގައި މިއަދު ކޯވިޑަށް ޕޮސިޓިވްވެފައިވާ މީހުންގެ ތެރެއިން 117 މީހުންނަކީ ދިވެހިންނެވެ. ދެން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ 21 މީހަކާއި އިންޑިއާގެ ދެ މީހުންނާއި ސްރީލަންކާ ފަސް މީހުންގެ އިތުރުން ފިލިޕިންސް މީހެކެވެ.

މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 3،488 އަށް އަރާފައި އެވެ.

ބަލިން ރަނގަޅުވި ކަމަށް ބަލަނީ ބައްޔަށް ޕޮސިޓިވްވާތާ 14 ދުވަސް ހަމަވުމުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ އެވެ. ބަލިން ރަނގަޅުވި ކަމަށް ކަނޑައެޅުމަށް މިހާރު އިތުރަށް ކޯވިޑަށް ޓެސްޓެއް ނުކުރެ އެވެ.

ބައްޔަށް މިހާރު ފަރުވާ ދެމުން ދަނީ 2،413 މީހުންނަށެވެ. މީގެ ތެރެއިން 152 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެންނެވެ.

މިހާތަނަށް ރާޢްޖެއިން ކޯވިޑް-19 އަށް 6،225 މީހަކު ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 24 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް