މެންޗެސްޓާ ޔުނައިޓެޑުގެ ޑްރެސިންގް ރޫމްގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަކީ ވަރަށް އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް ކަމަށާއި އޭނާ އަބަދުވެސް ބޭނުންވާނީ ލޯގަނޑެއްގެ ކުރިމަތީގައި ހުރެ، ފަރި ބަލަން ކަމަށް އުރުގުއާއީ ފުޓްބޯޅަ ލެޖެންޑް ޑިއޭގޯ ފޯލާން ބުނެފިއެވެ.
ޔުވެންޓަސް ފޯވަޑް ރޮނާލްޑޯ ވަނީ އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުގައި ހަ ސީޒަން ހޭދަކޮށްފައެވެ. ސާ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން ޔުނައިޓެޑަށް 2003 އިން ފެށިގެން 2009އަށް ކުޅުނު ރޮނާލްޑޯ ފާހަގަވެގެންދިޔައީ އެ ކްލަބުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައެވެ.
ކުރިން ޔުނައިޓެޑަށް ކުޅުނު އުމުރުން 40 އަހަރުގެ އުރުގުއާއީ ލެޖެންޑް ފޯލާން ބުނީ ދަނޑުން ބޭރުގައި ރޮނާލްޑޯގެ ފަރާތުން ފެނިފައިވާ އަމަލުތައް ރަނގަޅު ނޫން ކަމަށެވެ.
"ޑްރެސިންގް ރޫމް ތެރޭގައި ރޮނާލްޑޯއަކީ ވަރަށް އަމިއްލަ އެދުން ބޮޑު ކުޅުންތެރިއެއް. އޭނާއަކީ ޑޭވިޑް ބެކަމް ފަދަ ކުޅުންތެރިއެއް ނޫން. ރޮނާލްޑޯ އަބަދުވެސް ބޭނުންވަނީ ލޯގަނޑެއްގެ ކުރިމަތީގައި ހުންނަން. އެ ލޯގަނޑާ ދިމާއަށް ބަލަން އޭނާ މުޅި ދުވަސް ހޭދަކުރޭ،" ރޮނާލްޑޯއާ ގުޅޭގޮތުން ފީލާން ބުންޏެވެ.
ފޯލާން ވަނީ 2004 ވަނަ އަހަރު ވިޔަރެއާލްއާ ގުޅުމުގެ ކުރިން ޔުނައިޓެޑުގައި ރޮނާލްޑޯއާއެކު ކުޅެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް