ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް އަންނަ މަހުގެ 15ގައި ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި މިއަހަރު 66 ޓީމެއް ވާދަކުރެއެވެ. އެ މުބާރާތުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަން ހޯދާ ޓީމުތަކަށް ޒޯން ބުރުން ޖާގައެއް ލިބޭނެއެވެ. ޒޯން ބުރުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމުތަކަށް ފައިނަލް ބުރުގެ ޖާގައެއް ލިބޭނެއެވެ.
މިއަހަރުވެސް ޗެމްޕިއަން ޓީމަށް ހުށަހަޅާފައިވަނީ 65،000 ރުފިޔާއެވެ. އަދި ރަނަރަޕް ޓީމަށް ހުށަހަޅާފައިވަނީ 25،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. 55 ޓީމާއެކު މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލުގައި ލ. ގަން ބަލިކޮށް، ޗެމްޕިއަންކަން ހޯދީ މާފަންނު ޓީމެވެ.
މިއަހަރުގެ މުބާރާތުގައި ފުވައްމުލަކުން ބައިވެރިވެފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް