ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައިސްކަލެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި ބައިސްކަލަކީ 2019 އޮގަސްޓް 13 ވަނަ ދުވަހުގެ ވަގުތެއްގައި ހަނދުވަރީހިނގުމުގައި ހުއްޓައި ދެ މީހަކު ވެގެން ވަގަށް ނަގައިގެން ދަނިކޮށް ފުލުހުން ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެއް ކަމަށާއި މި ބައިސްކަލަކީ ލޮޓަސް ބްރޭންޑްގެ ބައިސްކަލެއް ކަމުގައި ފުލުހުން ބުނެއެވެ.
ބައިސްކަލުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ބައިސްކަލާ ހަވާލުވެލެއްވުން ފުލުހުން އެދެއެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް