ދުވާލަކު މަދުވެގެން 10 ގަޑިއިރު މޯބައިލް ފޯނު ބޭނުން ކުރަމުންދިޔަ ޗައިނާގެ ކުއްޖެއްގެ ލޯ އަވަރުވެއްޖެއެވެ.
އެ ކުއްޖާއަކީ ޗައިނާގެ އަންހުއި ޕްރޮވިންސްގެ ވެރިރަށް ހެފެއި އަށް ނިސްބަތްވާ ކުއްޖެކެވެ. މި ހާދިސާ ހިނގާފައިމިވަނީ ސްކޫލު ޗުއްޓީއާއި ދިމާކޮށެވެ.
ޗައިނާ ޕްރެސްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި އެ ކުއްޖާގެ ބައްޕަ ބުނެފައިވާގޮތުގައި ފޯނާ ނުކުޅުމަށް ކިތަންމެ ވަރަކަށް ބުނި ނަމަވެސް ފޯނާ ކުޅުމަށް ހުއްޓުމެއް ނާދެއެވެ. އަވަރުވެއްޖެކަމުގެ ޝައްކެއް އެ ކުއްޖާގެ ބައްޕަށް ވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އެ ކުއްޖާގެ ލޯ ހުރީ ވަރަށް ބޮޑަށް އަވަރުވެފައިކަމުގައިވެސް ބުނެފައިވެއެވެ.
އެ ކުއްޖާ ބެލި ޑަކުޓަރުން ބުނެފައިވަނީ އޮޕަރޭޝަނަކާ ނުލާ އެ ކުއްޖާގެ ލޯ ރަނގަޅު ކުރެވިދާނެ ކަމުގައި ނުބެލެވޭ ކަމަށާއި އެހެން ނަމަވެސް ފޯނު ބޭނުން ކުރުން ހުއްޓާނުލައިފިނަމަ އޮޕަރޭޝަނުންވެސް ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ޑަކުޓަރުން ބުނެފައިވެއެވެ.
އެ ކުއްޖާއަށް ފަރުވާ ދެމުން އަންނަ އެއް ޑަކުޓަރު ކަމުގައިވާ ޑރ. ސޫ ބުނެފައިވަނީ މާ ކުޑަ އިރު ފޯނަށް ކުދިން ދެވި ހިފުމުން، މާ ކައިރިން ސްކްރީނަށް ބެލުމުން ލޯ އަވަރުވުމާއި މިޔޯޕިޔާ ފަދަ ބަލިތައް ޖެހެން މެދުވެރިވެއެވެ.
ލޯ އަވަރުވުމަކީ ލޮލުގެ ކަޅިއަށް ވެފައި ހުންނަގޮތެކެވެ. މިހެންވީމާ ވާގޮތަކީ، ދެލޮލުގެ ކަޅި އެއްގޮތަށް ނުހިނގުމެވެ. ވީމާ ކޮންމެ އެއްޗެއް ބަލާނަމަވެސް ހީވާނީ އެނޫން އެހެން ދިމާއެއް ބަލާހެނެވެ. ބައެއް ކުދިން އުފަންވާއިރުވެސް ލޯ އަވަރުވެފައި ހުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް