ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރަކަށް ޑރ. ހަސަން، އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރަކަށް ޑރ. ޒާހިރު

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު، އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ޒާހިރު ހުސެއިން މިއަދު އައްޔަން ކުރައްވައިފިއެވެ. މި ދެ މަޤާމަށް ދެބ...

20 Aug 2019 | 12:00

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ހަސަން ހަމީދު، އަދި މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް ޑރ. ޒާހިރު ހުސެއިން މިއަދު އައްޔަން ކުރައްވައިފިއެވެ.

މި ދެ މަޤާމަށް ދެބޭފުޅުން މިއަދު އައްޔަން ކުރައްވާފައިވާއިރު ޑރ. ހަސަން އެންމެ ފަހުން ހުންނެވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ކަމުގެ މަގާމުގައެވެ. އިސްތިއުފާ ދެއްވީ ޖުލައި 2015 ގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް ޑރ. ޒާހިރު ހުސެއިން އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ކަމަށް އައްޔަން ކުރެއްވިއެވެ. ނަމަވެސް ފަހުން އެމަޤާމަށް ޑރ. ޝަހީމް އައްޔަން ކުރެއްވުމަށްފަހު ޑރ. ޒާހިރު، އެޑިއުކޭޝަން މިނިސްޓްރީގެ މުޝީރަކަށް ހަމަޖެއްސެވިއެވެ.

މިއަދާއި ހަމައަށް ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރު ކަމުގައި ހުންނެވީ ޑރ. މުހައްމަދު ލަތީފެވެ. ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޑރ. ޝަހީމް، އައިޔޫއެމްގެ ޗާންސެލަރު ކަމުން އިސްތިއުފާ ދެއްވިފަހުން އެ މަގާމު އޮތީ ހުހަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް