އޭސީސީން 251 މައްސަލައެއް ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ހުށަހަޅާފައިވާ 259 މައްސަލައިގެ ތެރެއިން 251 މައްސަލައެއް ބަލަން އެ ކޮމިޝަން އިން ނިންމައިފި އެވެ. އޭސީސީ އިން ބުނީ މި އަހަރުގެ ޖޫން މަހާއި ހަ...

20 Aug 2019 | 06:45

އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ހުށަހަޅާފައިވާ 259 މައްސަލައިގެ ތެރެއިން 251 މައްސަލައެއް ބަލަން އެ ކޮމިޝަން އިން ނިންމައިފި އެވެ.

އޭސީސީ އިން ބުނީ މި އަހަރުގެ ޖޫން މަހާއި ހަމައަށް ޖުމްލަ 546 މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާކަމަށާއި، އަދި އޭގެ ތެރެއިން ދެވަނަ ކުއާޓާގެ ތެރޭގައި ރަޖިސްޓާ ކުރީ 259 މައްސަލަ ކަމަށެވެ. އެ މައްސަލަތައް ދިރާސާ ކުރުމަށް ފަހު ތަހުގީގު ކުރަން ނިންމާފައި ވަނީ 251 މައްސަލަ ކަމަށް އޭސީސީ އިން ބުނެއެވެ.

އޭސީސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައި ވަނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ޕްރޮކިއުމަންޓާ ގުޅޭ 94 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓާ ކުރި އިރު ދެވަނަ ކުއާޓާގެ ތެރޭގައި ރަޖިސްޓާ ކުރީ 51 މައްސަލައެއް ކަމަށް އޭސީސީ އިން ބުނެއެވެ.

އޭގެ އިތުރުން ކުއްޔަށް ދޫކުރެވޭ ތަންތަނާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިހާބު އަދި ކެމްޕޭންތަކާ ގުޅޭ 60 މައްސަލައެއް ދެވަނަ ކުއާޓާގެ ތެރޭގައި ހުށަހެޅިފައިވާ ކަމަށް އޭސީސީ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް