ހާބަރުގެ ފުޑް ކޯޓުތަކެއް ކުއްޔަށް ދެނީ

ހާބަރުގެ ފުޑް ކޯޓުތަކުގެ ތެރެއިން ބޭނުންނުކޮށް ހުރި ތިން ޔުނިޓެއް ކުއްޔަށް ދޭން ހުޅުވާލައިފިއެވެ. އެސްޓީއޯއިން މި ތިން ޔުނިޓް ކުއްޔަށް ދޭން ނިންމާފައިވާއިރު، މިކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު މ...

20 Aug 2019 | 06:26

ހާބަރުގެ ފުޑް ކޯޓުތަކުގެ ތެރެއިން ބޭނުންނުކޮށް ހުރި ތިން ޔުނިޓެއް ކުއްޔަށް ދޭން ހުޅުވާލައިފިއެވެ.

އެސްޓީއޯއިން މި ތިން ޔުނިޓް ކުއްޔަށް ދޭން ނިންމާފައިވާއިރު، މިކަމަށް އެދި ބިޑް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އެސްޓީއޯއިން ކުއްޔަށް ދޫކުރަނީ އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ފުޑް ކޯޓުތަކުގެ ތެރެއިން ޔުނިޓް ނަމްބަރު 26 އާއި ޔުނިޓް ނަމްބަރު 22 ގެ އިތުރުން އަމީނީ މަގާވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 10 އެވެ.

އިއްޒުއްދީން މަގާ ވީ ފަޅީގައި ހުރި ޔުނިޓް ނަމްބަރު 26 ވަނަ ފުޑްކޯޓުގައި 960 އަކަ ފޫޓު ހުރިއިރު، ޔުނިޓް ނަމްބަރު 22 ގެ ބޮޑު މިނުގައި 1660 އަކަފޫޓު ހުންނާނެ އެވެ. އަދި އަމީނީ މަގާވީ ފަޅީގައި ހުރި ޔުނިޓުގައި 960 އަކަފޫޓް ހުންނާނެއެވެ.

އެސްޓީއޯ އިން ފުޑް ކޯޓުތައް ކުއްޔަށް ދެނީ އަކަފޫޓެއް 53 ރުފިޔާގެ ރޭޓުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް