ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމު ކޭންބައްލަވަން އިންނެވި ތަށިން ފެނުނީ ހުރަހަކަށް ބޭނުންކުރާ އެއްޗެއް ނޫން ކަމަށް، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކޭންބައްލަވަން އިންނެވި ތަށިން އިއްޔެ، "ކޮންޑަމް"އެއް ފެނުނު ކަމަށް ބުނެ ބައެއް މީޑިއާ ތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ނަޝީދު ވިދާޅުވީ، ލަފާކުރެވޭގޮތުގައި އެއީ ކާތަކެތީގެ މަތީގައި އަޅާފައި އޮތް ޕްލާސްޓިކްކޮޅެއް ނުވަތަ ރަބަރުކޮޅެއް ކަމަށެވެ. އެއީ ކޯންޗެއްކަން ބަލާ ތަހުލީލުކުރި ކަމަށާއި، ކާ ތަކެތީގައި އަޅާފައި އޮތް ރަބަރުކޮޅު ކޮންމެވެސް ގޮތަކުން ކާ އެއްޗެހީގެ ތެރެއަށް ގޮސްފައިވާކަމަށް ވެސް އެމަނިކުފާނު ވިދާލުވިއެވެ. އެމަނިކުފާނު ވަނީ އެއީ އެއްގޮތަކަށްވެސް ރަގަޅު ކަމެއް ނޫންކަމަށް ފާހަގަކުރައްވާފައެވެ.
މަޖިލީހުގެ އަމީންއާމާއި ގުޅިގެން މަޖިލީހުގެ ކޮއްތުގެ ކަންކަން މިހާރަށްވުރެ ރަގަޅު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް