ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ރާއްޖޭގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓްތަކުގެ ތަފްސީލް މަޢުލޫމާތު، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރ އަދި ޕީއެންސީގެ މިހާރުގެ ލީޑަރ، އަބްދުއްރަހީމް އަބްދުﷲ ދެއްވައިފިއެވެ.
އަދުރޭ މި މައުލޫމާތުތައް ތަފްސީލްކޮށް ދެއްވައިފައިވަނީ ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ސިނަމާލެ ބުރިޖު ނިންމީ މިސަރުކާރުން ކަމަށާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ނިންމި އެއްވެސް ޕްރޮޖެކްޓެއް ނެތް ކަމަށް ވިދާޅުވުމުން، އެކަމަށް ރައްދު ދެއްވުމަށް ކުރި ޓްވީޓެއްގައެވެ.
މިއަދު ހެނދުނު އަދުރޭ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ސިނަމާލެ ބުރިޖު، ހުޅުމާލޭ-02 ވަނަ ފޭސް، ވެލާނާ އެއާޕޯޓްގެ ޕްރޮޖެކްޓް، ދަރުމަވަންތަ ހޮސްޕިޓަލް، ކިންގް ސަލްމާން މިސްކިތް، މަހާ ޖައްރާފް، އެންމެ ބޮޑު ތެޔޮ ޓޭންކަރު، ގައުމީ ރިޒާވް 200 މިލިއަން ޑޮލަރުން 700 މިލިއަން ޑޮލަރަށް، ޖީޑީޕީ ހަތަރު ހާހަހުން ދިހަ ހާހަށް، މިއީ ކޮން ސަރުކާރަކުން ކުރި ކަންކަން ކަން ދިވެހިންނަށް ސާފުވާނެ ކަމަށެވެ.
Sinamale bridge,Hulhumale’2 vana phase,VIA ge project, Dharumavantha Hospital,KS miskiy,Mahaa Jahraaf, Enme bodu theyo tanker, Gaumee reserve 200m in 700m usd ah,GDP 4k in 10k usd ah,mi’ee kon sarukaarakun kuri kankan kan Dhivehin nah varah saafu! @MDP_Thilafaiy @Ch13official
— Abdul Raheem Abdulla (@Banafsaa) August 20, 2019
ސިނަމާލެ ބުރިޖު ނިންމީ މި ސަރުކާރުން ކަމަށް މެންބަރު ޒިޔާދު ވިދާޅުވުމުން އޭނާއަށް ވަނީ ގިނަބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. އެގޮތުން ގިނަބަޔަކު އޭނާއަށް މަލާމާތްކުރުމަށް، މި ސަރުކާރުން މިފަަދަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެފަދަ ބޮޑު ޕްރޮޖެކްޓެއް ނިންމާލިކަމަށްޓަކައި މި ސަރުކާރަށް ވަނީ މަރުހަބާ ކިޔާފައެވެ.
ސިނަމާލެ ބުރިޖު ރަސްމީކޮށް ހުޅުވީ 2018 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޞާލިހް ވެރިކަމުގެ ހުވާ ކުރެއްވީ އޭގެ ދެމަސް ފަހުން 2018 ނޮވެމްބަރ 17 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް