ފަތުރުވެރިޔާ ގެއްލުނުތާ ދެ ދުވަސް، އަދިވެސް ނުފެނޭ

ކ. ކަނޑޫމާތިލަ އަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ. ފަތުރުވެރިޔާ ގެއްލުނުތާ މިއަދަށް ދެ ދުވަސް ވެފައިވާއިރު، ކޯސްޓްގާޑުން އަދިވެސް...

20 Aug 2019 | 04:28

ކ. ކަނޑޫމާތިލަ އަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު ފަތުވެރިޔާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ފަތުރުވެރިޔާ ގެއްލުނުތާ މިއަދަށް ދެ ދުވަސް ވެފައިވާއިރު، ކޯސްޓްގާޑުން އަދިވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

41 އަހަރުގެ އަންހެން ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ސީޖީ ސްކޮއާޑްރޯން ގެ ޑައިވަރުންނާއި، ކޯސްޓްގާޑް ޝިޕް ޝަހީދް އަލީ އިން އަންނަނީ ކުރަމުންނެވެ.

ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އަދި ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އެ އަންހެން މީހާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި އަންހެން މީހާ ގެއްލިގެން ހޯދަން ފަށާފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރު 13:09 ހާއިރު އެވެ.

OCA M7 S ނަމަކަށް ކިއުނު ސަފާރީއެއްގައި މި އަންހެން މީހާ ޑައިވްކުރަން ފޭބީ 22 ގެސްޓުން ހިމެނޭ ގުރޫޕެއްގައި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް