ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު ދިޔަތިން މިސްކިތެއް ވަގުތީ ގޮތުން ބަންދުކޮށް ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ޕޮޒިޓިވްވި އެއް ކޭސް އަކާއި ގުޅިގެން ތިން މިސްކިތެއް ޑިސް އިންފެކްޓް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް ނިމެންދެން މިސްކިތްތައް ބަންދުކޮށްފައި ވާކަމަށެވެ.
އެ ތިން މިސްކިތަކީ މަސްޖިދުލް ސުލްތާން ހަސަން އިއްޒުއްދީން މިސްކިތް (ތޮއިބާ މިސްކިތް) އާއި، މަސްޖިދުލް ސުލްތާން މުހައްމަދު އިމާދުއްދީން (މަޖިލިސް އިދާރާ ކައިރި ހުންނަ މިސްކިތް) އަދި މަސްޖިދުލް އަފީފުއްދީން (ދިއްލީ މިސްކިތް) ނެވެ.
މި މިސްކިތްތައް ޑިސް އިންފެކްޓް ކުރަމުން އަންނައިރު، މިއަދު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 33 މީހެކެވެ. މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 2999 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް