ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫއު ބާރަށް ކުރިއަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ. އެގޮތުން އެ ކުންފުނިން ބުނެފައިވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށ...

20 Jul 2020 | 07:17

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެގޮތުން އެ ކުންފުނިން ބުނެފައިވަނީ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ބޮޑުކޮށް، މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން ވާޑް އިމާރާތް އެޅުމަށް ބޭނުންވާ ތަނބު ޖެހުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށާއި އަދި މި އިމާރާތުގެ ފުރަތަމް ޝީޓު އެޅުމުގެ މަސައްކަތް އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ފެށޭނެ ކަމަށެވެ.

"މި މަޝްރޫޢުގެ ދަށުން އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1 ޖޫން 2020 ގައި. މި މަޝްރޫޢުއާއެކު ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ" އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 30 އެނދުގެ ވާޑް އިމާރާތެއް އެޅުމާއި އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، މައި އިމާރާތާއި އޮފީސް އިމާރާތް ވޯކްވޭ އަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ މަރާމާތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ހިމެނޭއިރު މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 30.3 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 17 މެއި 2020 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް