ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ސައުދީއަރަބިއްޔާގެ ރަސްގެފާހު ސަލްމާން ބިން އަބްދުލް އަޒީޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ. ސައުދީ މީޑިއާގައި ބުނެފައިވާގޮތުގައި ރަސްގެފާނު އެޑްމިޓްކޮށްފައިވަނީ އެ ގައުމުގެ ...

20 Jul 2020 | 07:03

ސައުދީއަރަބިއްޔާގެ ރަސްގެފާހު ސަލްމާން ބިން އަބްދުލް އަޒީޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ސައުދީ މީޑިއާގައި ބުނެފައިވާގޮތުގައި ރަސްގެފާނު އެޑްމިޓްކޮށްފައިވަނީ އެ ގައުމުގެ ވެރިރަށް ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލުގައި މިއަދު ހެނދުނު އެވެ.

އެޑްމިޓްކުރީ ފުއްޕާމޭގެ ފިތުގެ ޓެސްޓުތަކެއް ހެދުމަށް ކަމަށްވެ އެވެ.

ރަސްގެފާނުގެ ހާލުކޮޅާއި ގުޅޭގޮތުން ސައުދީ ސަރުކާރުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ.

ސައުދީ މީޑިއާއިން ބުނީ މެޑިކަލް ޗެކަޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސައުދީ ރަސްގެފާނުގެ އުމުރުފުޅަކީ84 އަހަރެވެ. ރަސްގެފާނު ސައުދީ ރަސްކަމަށް އިސްކުރެވުނީ 2015 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް