ދިވެހި ހައްޖުވެރިންގެ ކަންކަން ކައިރިން ބެލުމަށް ލަންކާގައި އޮފީހެއް ހުޅުވައިފި

ރާއްޖޭން ހައްޖަށްދާ މީހުންގެ ކަންކަން ބަލައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ މޮނިޓާ ކުރުމަށް، ދިވެހި ހައްޖު މިޝަންގެ އޮފީހެއް މައްކާގައި ގާއިމުކޮށްފި އެވެ. ދިވެހި ހައްޖު މިޝަން އި...

20 Jul 2019 | 08:25

ރާއްޖޭން ހައްޖަށްދާ މީހުންގެ ކަންކަން ބަލައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދީ މޮނިޓާ ކުރުމަށް، ދިވެހި ހައްޖު މިޝަންގެ އޮފީހެއް މައްކާގައި ގާއިމުކޮށްފި އެވެ.

ދިވެހި ހައްޖު މިޝަން އިން މިއަދު ބުނީ، ދިވެހި ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިވެހި ހައްޖު މިޝަންގެ އޮފީހެއް މައްކާގައި ގާއިމުކޮށް ރަސްމީކޮށް މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިޔާއަށް ދާ ހައްޖާޖީން މާދަމާ އެގައުމަށް ދާން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުވެސް ރާއްޖެއަށް 2،000 ހައްްޖު ކޯޓާ ލިބިފައިވާއިރު، މިއަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1684 ހައްޖާޖީން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ދެމެދު ރާއްޖެއިން ހައްޖަށް ދާން ހަމަޖެހިފައިވާ ހުރިހާ ހައްޖުވެރިން ސައުދިއަރަބިއްޔާއަށް ގޮސް ނިމެނޭނެ ކަމަށާއި އަދި ދިވެހި ހައްޖާޖީންނަށް ފަސޭހަ ކަމާއި އެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ހާމަކުރައްވައެވެ.

ހައްޖަށްދާ މީހުންނާއި އެމީހުންގެ އާއިލާތައް އެއާޕޯޓަށް ގެންގޮސްދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެވެ. އެކަމަށްޓަކާ އެމްޓީސީސީއާއި އެމްއޭސީއެލުން އިންތިޒާމްތައް ވަނީ ހަމަޖައްސާފަ އެވެ.

ހައްޖުވެރިން ފުރުމަށް ފުލައިޓްގެ ހަތަރުގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް