ދިވެހި ހައްޖާޖީން ސައުދީއަށް ފުރުމަށް މާދަން ފުރަނީ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިޔާއަށް ދާ ހައްޖާޖީން މާދަމާ އެގައުމަށް ދާން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުނ...

20 Jul 2019 | 08:00

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސައުދީ އަރަބިޔާއަށް ދާ ހައްޖާޖީން މާދަމާ އެގައުމަށް ދާން ފުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ފުރުމަށް ހަމަޖެހިފައިވަނީ ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުގެ ޙަވާލުގައި ފުރުމަށް ހަމަޖެހިފައިވާ 84 ހައްޖާޖީން ކަމަށެވެ.

އެހެން އަހަރުތަކޭ އެއްފަދައިން މިއަހަރުވެސް ރާއްޖެއަށް 2،000 ހައްްޖު ކޯޓާ ލިބިފައިވާއިރު، މިއަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 1684 ހައްޖާޖީން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ދެމެދު ރާއްޖެއިން ހައްޖަށް ދާން ހަމަޖެހިފައިވާ ހުރިހާ ހައްޖުވެރިން ސައުދިއަރަބިއްޔާއަށް ގޮސް ނިމެނޭނެ ކަމަށާއި އަދި ދިވެހި ހައްޖާޖީންނަށް ފަސޭހަ ކަމާއި އެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓްރީން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް