ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ދިޔަ ވަރުބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުތެރޭގެ އަތޮޅުތަަކަށް އުދައިގެ އަސަރުކޮށްފާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކޮށްފައިވާ ގޮތުގައި ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާއި ދެމެދުގައި ވައި ޖެހޭނެ އެވެ.
ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވާން މެޓް އޮފީހުން ވަނީ އެދިފަ އެވެ.
މޫސުން ގޯސް ވުމުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްރަށަށް އެކިވަރުގެ ގެއްލުންތައް މި ދުވަސްވަރު ކޮންމެ ދުވަހަކުވެސް ލިބެމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް