މޯލްޑިވް ގޭހުން ކާލްޓަން ބްރޭންޑުގެ ރެފްރިޖެރެންޓް ގޭސް ތައާރަފްކޮށްފި

މޯލްޑިވް ގޭހުން، މަޝްހޫރު ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ތައާރަފް ކޮށްފިއެވެ. މި ގޭސް މޯލްޑިވް ގޭސްއިން ތައާރަފް ކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މޯލްޑިވ...

20 Jul 2019 | 03:33

މޯލްޑިވް ގޭހުން، މަޝްހޫރު ކާލްޓަން ބްރޭންޑްގެ ރެފްރިޖެރެންޓް ގޭސް ތައާރަފް ކޮށްފިއެވެ.

މި ގޭސް މޯލްޑިވް ގޭސްއިން ތައާރަފް ކޮށްފައިވަނީ އެކަމަށްޓަކައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވް ގޭސްއިން ބުނެފައިވާގޮތުގައި މި އުފެއްދުން ރާއްޖެއަށް ތައާރަފް ކުރީ ރިސޯޓުތަކުގައްޔާއި ރެފްރިޖެރެންޓް ދާއިރާގައި މަސައްކަތްކުރާ މީހުންނާއި އެއާކޮންޑިޝަންގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މެދުގައި ސާވޭއެއް ކުރިއަށް ގެންދިއުމަށްފަހު އެ ސާވޭގެ ނަތީޖާއަށް ބެލުމަށް ފަހުގައެވެ.

މި ބްރޭންޑަކީ ރާއްޖޭގެ ރިސޯޓުތަކުގައިވެސް އެންމެ މަގްބޫލު ރެފްރިޖަރެންޓް ބްރޭންޑް ކަމުގައި މޯލްޑިވް ގޭސް އިން ބުނެއެވެ.

މި ބްރޭންޑެއްގެ ހަތަރު ރޭންޖެއް މޯލްޑިވް ގޭސްއިން އިއްޔެ ވަނީ ތައާރަފް ކޮށްފައެވެ. އެއީ A410، A134، A404، C407 އެވެ. މި ރޭންޖްތަކުގެ ތެރޭގައި މިނީބާ، އަދި އޭސީގެ އިތުރުން ޗިލާސް އަށް ހާއްސަ ގޭސް ހިމެނެއެވެ.

މޯލްޑިވް ގޭހަކީ މިހާރުވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އެލްޕީޖީގޭސް އަދި މެޑިކަލް ގޭހާއި ހީލިއަމް އަދި އިންޑަސްޓްރިއަލް އަދި ރެގްރިޖަރެންޓް ވިއްކާ ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް