ބ އަތޮޅުން ފެށިގެން ލ އަތޮޅާއި ދެމެދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
އެގޮތުން މިއަދު ހަވީރު 05:40 ގައި ނެރެފައިވާ ވައިޓްއެލާޓްގައި ބުނެފައިވަނީ މިރޭ އިރުއޮއްސި 06:30 އާއި މިރޭ 12:00 އާއި ދެމެދުގެ ވަގުތުތަކުގައި ބ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމގައިވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.
މިއަދު ހެނދުނުވެސް މެޓް އޮފީހުން ވަނީ ދެކުނުގެ ބައެއް އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް