ސިންގަޕޫރަށްގޮސް މާކިއުރީ އިންޖީނަށް އަހުލުވެރިވުމުގެ ފުރުސަތު ހަސަން މެރިންގެ ފަރާތުން ހަތް ދިވެއްސަކަށް

މަޝްހޫރު ބްރޭންޑެއް ކަމުގައިވާ މާކިއުރީ އިންޖީނަށް އަހުލުވެރިވުމަށް ތަމްރީނުވުމުގެ ފުރުސަތު ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް އިން ހަތް ދިވެއްސަކަށް ދީފި އެވެ. ހަސަން މެރީނުން ފާހަގަކުރައްވާގޮ...

20 Jul 2018 | 10:31

މަޝްހޫރު ބްރޭންޑެއް ކަމުގައިވާ މާކިއުރީ އިންޖީނަށް އަހުލުވެރިވުމަށް ތަމްރީނުވުމުގެ ފުރުސަތު ހަސަން މެރިން އިންޖިނިއަރިން ސޮލިއުޝަންސް އިން ހަތް ދިވެއްސަކަށް ދީފި އެވެ.

ހަސަން މެރީނުން ފާހަގަކުރައްވާގޮތުގައި ސިންގަޕޫރުގައި އޮންނަ މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ދިން ހަތް ދިވެހިން އާދީއްތަ ދުވަހު ފުރާނެ އެވެ. މިއީ އަށް ދުވަހުގެ މުއްދަތަށް ސިންގަޕޯރ މާކިއުރީ ޓްރޭނިން ސްކޫލުގައި ކުރިއަށްގެންދާ ސެޓްފިކެޓް ލެވެލްގެ ކޯހެއް ކަމުގައިވެސް ހަސަން މެރީނުން ފާހަގަ ކުރެ އެވެ.

"މި ތަމްރީނު ޕްރޮގްރާމުގައި މެރިން ޕޮލިސްގެ ދެ މެމްބަރުންނާއި އެމްއެންޑީއެފްގެ އިންޖިނިއަރެއްގެ ބައިވެރިވޭ، މީގެ އިތުރުން ހަސަން މެރިން އިންޖިނިއަރިންއާއި ރިސޯޓުތަކުން ބައިވެރިވޭ" ހަސަން މެރީނުން ބުނެފައި ވެއެވެ.

މާކިއުރީ އިންޖީނަކީ ރާއްޖޭގައި ހަލުވިކަމާއެކު ރައްޔިތުންނާއި، މުއައްސަސާތަކާއި ރިސޯޓްތަކުގެ އިތުބާރާއި ޔަގީންކަން ލިބެމުންދާ އިންޖީނެކެވެ. މިފަދަ ތަމްރީނުތަކަކީ ހަސަން މެރީންގެ ފަރާތުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްތަކެއްކަން ހަސަން މެރީނުން ފާހަގަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް