ކ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމުގައި ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު މެންދުރު 12:00 ގައި ނެރެފައިވާ އެލާޓްގައި ބުނެފައިވަނީ މިއަދު މެންދުރު 12:30 އާއި އިރުއޮއްސި 06:30 އާއި ދެމެދުގެ ވަގުތުތަކުގައި ކ އަތޮޅާއި ލ އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުތަކުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ އެލާޓްގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް