އެމްޕީ އަމީތުގެ ވަރުގަދަ ތުހުމަތެއް މޭޖަރ ޖެނެރަލް ޝިޔާމަށް

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު، އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ވަރުގަދަ ތުހުމަތެއް ކުރައްވައިފި އެވެ. އެގޮތުން އަމީތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފަ...

19 Jul 2018 | 22:59

މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަމީތު، އެމްއެންޑީއެފްގެ މޭޖަރ ޖެނެރަލް އަހުމަދު ޝިޔާމަށް ވަރުގަދަ ތުހުމަތެއް ކުރައްވައިފި އެވެ.

އެގޮތުން އަމީތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްއެންޑީއެފްގެ މީޓިން ރޫމުގައި އިނދެގެން މަޖިލީހުގެ ޕްރެމިސެސް ލައިވްކޮށް ބަލާލެވޭގޮތަށް މަޖިލީހުގެ ކެމެރާ ސިސްޓަމް ވަނީ ޖެނެރަލް ޝިޔާމް ގެ މީޓިން ރޫމަށް ލިންކް ކޮށްފައި ކަމަށެވެ.

https://twitter.com/MohamedAmeeth/status/1020060472060493825

"މެމްބަރުންގެ ޕްރައިވަސީ ކޮމްޕްރޮމައިސްކޮށް މަޖިލިސް މި އުސޫލުން ހިސޯރު ކުރުމުގެ ބާރު އެމްއެންޑީއެފަށް ދިނީ ކޮން ގައުމަކުންބާ.؟" އަމީތުގެ ޓްވީޓްގައި ސުވާލު އުފައްދާފައި ވެ އެވެ.

އަމީތު މިހެން ވިދާޅުވެފައިވާއިރު އެމްއެންޑީއެފުން މަޖިލިސް ހިސޯރުކޮށްފައިވާކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން އަބަދުވެސް ބުނަމުން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް