ރަޖިސްޓްރީނުކުރާ ފަރާތްތަކުން ހިންގާ މުބާރާތްތައް ގާނޫނާ ހިލާފު: މިނިސްޓްރީ

ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހިންގާ މުބާރާތް ތަކާއި ހަރަކާތްތައް ގާނޫނާއި ހިލާފު ކަމަށާއި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކުރާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ. އެ މިނިސ...

19 Jul 2018 | 22:22

ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހިންގާ މުބާރާތް ތަކާއި ހަރަކާތްތައް ގާނޫނާއި ހިލާފު ކަމަށާއި ރަޖިސްޓްރީ ކުރުމަށް އިލްތިމާސްކުރާކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އިއްޔެ ކޮށްފައިވާ އިއުލާނެއްގައި އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިނުވާ ކުޅިވަރު ޖަމްޢިއްޔާތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވާދަވެރި މުބާރާތްތައް ހިންގަމުން ގެންދާކަމުގެ ޝަކުވާ ކޮމިޝަނަރ އޮފް ސްޕޯޓްސްއަށް ލިބެމުން އަންނަކަން ފާހަގަކުރާކަމަށެވެ.

"ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު ( ޤާނޫނު ނަންބަރު: 2015/30 ) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވާދަވެރިގޮތެއްގައި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތް ހިންގޭނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ." މިނިސްޓްރީގެ އިއުލާނުގައި ވެ އެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީނުކުރާ ފަރާތްތަކުން ހިންގާ ވާދަވެރި ކުޅިވަރު މުބާރާތް ނުވަތަ ޙަރަކާތަކީ ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނާ ޚިލާފު ކަމަކަށްވާތީ، މިފަދަ މުބާރާތްތައް ހިންގުމުގެ ކުރިން މުބާރާތް ހިންގާ ފަރާތް އަދި މުބާރާތުގައި ވާދަކުރާ ކުޅިވަރު ޖަމްޢިއްޔާތައް ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓަރީކުރުމަށް އިލްތިމާސްކުރާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް