ރިޔާސީ އިންތިހާބަށް އޮފިޝަލުން ހަމަނުވެގެން އަލުން އިއުލާނު ކޮށްފި

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހަމަނުވެގެން އޮފިޝަލުން ހޯދަން އަލުން އިއުލާނުކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން ކޮށްފައވާ އިއުލާނެއްގައި ބުނެފައިވަނީ މިކޮމިޝަނ...

19 Jul 2018 | 22:06

ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހަމަނުވެގެން އޮފިޝަލުން ހޯދަން އަލުން އިއުލާނުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައވާ އިއުލާނެއްގައި ބުނެފައިވަނީ މިކޮމިޝަނުގެ ނަންބަރު A)AB-2018/112) އިޢުލާނުއިން އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމު ލިބިފައިނުވާތީ،އަލުން މި މަޤާމަށް އިއުލާނު ކުރާކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު، 2018 ޖުލައި 25 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މާލޭގައި ނަމަ އިލެކްޝަންސް ކޮމިޝަނުގެ ރިސެޕްޝަނަށް ނުވަތަ ރަށު/އަތޮޅު/ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދޭކަމަށެވެ. ނުވަތަ އީމެއިލް ކުރައްވާނަމަ [email protected]  އަށް ފޮނުއްވުން އެދެމެވެ.  އޮފިޝަލަކަށްވުމަށް  އެދި ހުށަހަޅާ ފޯމު، ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.election.gov.mv އިން ލިބެންހުންނާނެ ކަމަށެވެ.

އެ ޝަރުތުތަކަކީ

ޢުމުރުން 18 އަހަރު ފުރިފައިވާ  މީހެއްކަމުގައިވުން

އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުން.

އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.

ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.

އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.

މިފަދަ މަސައްކަތަކަށް ޞިއްޚީ ގޮތުން ޤާބިލް މީހަކު ކަމުގައިވުން.

ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

ކުރިން ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަން ނުޖެހޭނެ ކަމުގައިވެސް އިލެކްޝަންސްގެ އިއުލާނުގައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް