ފިހާރައެއްގައި މީހަކަށް ބޭއްވުނު ވޮލެޓަކުން ދެމަރިއަކު ވިޔަފާރިކޮށް އެ ވޮލެޓު ވަގަށްނަގައިފި

މާލޭގެ ފިހާރައެއްގެ ކައުންޓަރުގައި މީހަކަށް ބޭއްވުނު ވޮލެޓަކުން ދެމަފިރިއަކު ވިޔަފާރިކޮށް އެ ވޮލެޓު ވަގަށްނަގައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ މީހަކު ވިޔަފާރިކުރުމ...

20 Jun 2019 | 06:00

މާލޭގެ ފިހާރައެއްގެ ކައުންޓަރުގައި މީހަކަށް ބޭއްވުނު ވޮލެޓަކުން ދެމަފިރިއަކު ވިޔަފާރިކޮށް އެ ވޮލެޓު ވަގަށްނަގައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަނީ މީހަކު ވިޔަފާރިކުރުމަށްފަހު ފައިސާދެއްކުމަށް ކައުންޓަރު ކައިރީގައި ހުރެފައި ވޮލެޓުން ފައިސާ ނަގައި ފައިސާ ދެއްކުމަށްފަހު ހަނދާންނެތި ވޮލެޓު ބާއްވާފައި ދާ މަންޒަރެވެ. އެއަށްފަހު އެ ކައުންޓަރަށް ދެމަފިރިއަކު އާދެއެވެ.

އަންހެން މީހާ ކޮނޑުން ފިރިހެން މީހާ ގައިގާ ޖަހާލައި އެ ވޮލެޓު ދައްކާލުމުން އެ ފިރިހެން މިހާ ވޮލެޓު ނެގުމަށްފަހު އެމީހުން ގަންނަން ދިޔަ ތަކެއްޗަށް އެ ވޮލެޓުން ފައިސާ ދެއްކިއެވެ. އަދި އެ ވޮލެޓުގައި ހުރީ ކިހާ ފައިސާއެއްތޯ ބަލާލުމަށްފަހު ފަހަތު ޖީބަށް ލައެވެ.

މިކަމާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިވޭތޯ ބަލާލުމުން ފުލުހުން ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު މެންދުރު 1:15 ހާއިރު ފިހާރައެއްގެ ތެރެއަށް ވޮލެޓެއް ގެއްލުނު މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. ނަމަވެސް މި މައްސަލައިގާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް