ކ. ގުރައިދޫއިން މަސްތުވާތަކެއްޗާއި އެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ކ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި  އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފާއިވ...

20 Jun 2019 | 05:38

މަސްތުވާތަކެއްޗާއި އެކު ކ. ގުރައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ހާމަކުރެއްވި ގޮތުގައި  އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފާއިވަނީ ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔައިރު، އެރަށު ބަނދަރު ސަރަޙައްދުން އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓު ފެނުމާއި ގުޅިގެންގެންނެވެ.

އެ މައްސަލާގައި ގުރައިދޫ މެޖިސްޓްރޭޓް ކޯޓުންވަނީ އޭނާގެ ބަންދަން ހަތް ދުވަސް ޖަހާފައިކަމަށްވެސް ފުލުހުން ހާމަކުރައްވައެވެ.

މި މައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް